Tuesday, July 13, 2010

އިންތިޒާރުކުރަމޭ ލޯބިވާތީ....އެޕިސޯޑް 2

0 comments

ރަމީޒުގެ ސައިކަލް ދުއްވަމުން ދިޔައީ ވަރަށް މަޑުންނެވެ. ކުއްލިއަކަށް ރަމީޒުގެ ސައިކަލް ހުއްޓާލަންޖެހުނީ މަގުމަތިން ދުވާރަށް ނާރާ، ހިނގާފައިއާ އަންހެން ކުއްޖެއްގެ ދޯޕައްޓާ ސައިކަލްގެ ކުރީފުރޮޅުގައި އަޅައިގަތުމުންނެވެ.
ދޯޕައްޓާ ނައްޓާލަން މަސައްކަތް ކުރަމުން. އެކުއްޖާގެ މޫނަށް ނުބަލަ އިނދެ ވާހަކަ ދެއްކިއެވެ.
ރަމީޒު : " ތަންކޮޅެއްބަލައިގެން، ހިނގަން ހަދާފައިވާ، ދުވާރު މަތިން ހިނގައިބަލަ. ބަލާބަލަ. ދޯޕައްޓާ ހަލާކު ވީނު. " ދޯޕައްޓާގެ ކަނުން ތަންކޮޅެއް ހަލާކުވެފައި އިނެވެ.
ޝާނީ؛ " ސޮރީ...!"                                           
ރަމީޒު އެކުއްޖާއާއި ދިމާލަށް ބަލައިލިއެވެ. ރަމީޒުއަށް ލިބުނީ ޝޮކެކެވެ. އެކުއްޖާއާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
ޝާނީ: " ސޮރީ" ޝާނީ ދެވަނަ ފަހަރަށް ތަކުރާރު ކޮށްލިއެވެ.
ރަމީޒު : " އާން ... އާން ... " ރަމީޒު ސިއްސައިގެން ދިޔައީ ޝާނީގެ ފޯން ރިންގުވާން ފެށީމައެވެ.
ޝާނީ : " ހަލޯ... މަންމާ..މިދަނީގެޔަށް....... އޮފީހު ކުދިން ވިލިގިއްޔަށް ދަތުރެއްރޭވީމަ ލަސްވީ.." ޝާނީ ފޯނަށް ޖަވާބު ދިނެވެ.
ރަމީޒު ؛ " ކޮންނަމެއްތަ ކިޔަނީ...!" ރަމީޒަށް ބޭއިޚުތިޔާރުގައި ނަންއަހާލެވުނެވެ.
ޝާނީ؛ " އަހަރެން ދާންވެއްޖެ.." ރަމީޒު ބަލަހައްޓައިގެން ހުރިގޮތުން ޝާނީ އަށް އުނދަގޫވާގޮތްވިއެވެ.
ޝާނީދިޔުމުން ރަމީޒު ސައިކަލަށް އަރައި ދުއްވާލިއެވެ.
ރަމީޒު ، ޝާހިދުމެންގޭ ދޮރޯށި ދޮށަށް ސައިކަލް މަޑުކޮށްލިއެވެ. ރަމީޒު ގެއަށް ވަންނަން ދިމާކޮށްލި ވަގުތާއި ޝާހިދު ގެއިން ނުކުންނަން ދިމާކޮށްލި ވަގުތާއި ވީއެއްވަގުތަކަށެވެ.
ޝާހިދު: " އަހަނ ރަމީޒު ކޮންދަތުރެއް. "
ރަމީޒު : " މިއައީ ދައްތަބޭއަށާއި ދައްތަ އަށް މިރޭ ކެއުމަކަށް ދަޢުވަތު ދޭންވެގެން. ކޮބައިދައްތަ؟ "
ޝާހިދު: " ކޮޓަރީގަ..! އަހަރެން މިދަނީ، ތަންކޮޅެއް އަވަހަށް ބޭރަށްދާން ޖެހިގެން..." ޝާހިދުގެ މޫނުމަތިން ހާސްކަން ފެންނަން ހުއްޓެވެ.
ޝާހިދު މިހެންބުނެ ދިޔައީއެވެ.
ރީނާ އިނީ ކޮޓަރީގައި ރޯށެވެ. ރީނާގެ މޫނުމަތިން ކޯތާފަތާއި ދިމާލުން ރަތްއަރާފައި ހުއްޓެވެ.
ރަމީޒު : " ދައްތާ...! ދައްތާ...! " ރަމީޒު ރީނާއަށް ގޮވަމުން ގޭތެރެއަށް ވަނެވެ.
ރީނާ؛ "ހައ..  ކޮއްކޮ... (މަޑުމަޑުން)" ރީނާ ސިއްސައިގެންގޮސް ކޮޅަށް ތެދުވިއެވެ.
ރަމީޒު އައިސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.

0 comments:

Post a Comment