ބާއްޖަވެރިވި ދެކަލިމައަކީ، އުފާލިބޭނޭ ހެޔޮމަގަކީ
ލާއިލާހަ އިއްލަﷲ މުޙައްމަދު ރަސޫލުﷲ
މާތްވި ދީނުގެ ބިންގަލަކީ ހިތާއި ނަފުސުގެ އަލިކަމަކީ
ލާއިލާހަ އިއްލަﷲ މުޙައްމަދު ރަސޫލުﷲ
ހާދަ ރީއްޗޭ އިރުއެރުމުން އޭގެދޯދިން އަލިވެލުމުން
ރޭވެ ރަންހަނދުވަރު ދިނުމުން ރީތި ތަރިތައް ފާޅުވުމުން
މިކަން މިހެން ތަރުތީބުވަނީ ކަލާނގެ އެއްކައު ވަންތަ ކަމުން
ލާއިލާހަ އިއްލަﷲ މުޙައްމަދު ރަސޫލުﷲ
މިހެން އަބަދުވެސް ހަނދުމަ ކުރަން ކަލާނގެ މިހިތުން ޒިކުރުކުރަން
ބިމާ އުޑާ ކަނޑުތަކުގައިވާ ދިރުން ތަކާމެދު ފިކުރުކުރަން
ދުނިޔެ މިހެން ހިނގަމުން މިދަނީ ކަލާނގެ ކުޅަދުން ވަންތަކަމުން
ލާއިލާހަ އިއްލަﷲ މުޙައްމަދު ރަސޫލުﷲ
ފެނާއި އަލިފާން ބިނމުގައިވޭ މަލާއި ކަށިގިނަ ގަސްތައްވޭ
ހެވާ ނުބައިވެސް އެފަދާންވޭ ސަލާމަތުގެ މަގު އެނގިފައިވޭ
ރަނގަޅު އަޅުންނަށް ސުވަރުގެ ވޭ ކަލާނގެ ހަމަހަމަ ވަންތަކަމުން
ލާއިލާހަ އިއްލަﷲ މުޙައްމަދު ރަސޫލުﷲ
ކުށެއް ކުރަންހަމަ ބިރުވެތިވަން ވަރަށްބޮޑަށްވެސް ލަދުވެތިވަން
ކުށެއް ނުވާހެން ހެއްދެވުމުން ކުށެއް ނުކުރުމަށް ލޮބުވެތިވަން
ކުށަށް އަފޫކޮށް ދެއްވަވަނީ ކަލާނގެ ދީލަތިވަންތަކަމުން
ލާއިލާހަ އިއްލަﷲ މުޙައްމަދު ރަސޫލުﷲ
ނަބީ މުޙައްމަދު ލޮބުވެތިމާތް އެސާފު މޫރިތި ސީރަތު މާތް
ހަނދާން ތަކާ ގުޅުވާ ލޯބިން ކިޔާށެ ގިނަގިނައިން ޞަލަވާތް
އެމާތް ނަމޫނާ ވާސިލުވީ ކަލާނގެ ހިކުމަތް ވަންތަކަމުން
ލާއިލާހަ އިއްލަﷲ މުޙައްމަދު ރަސޫލުﷲ
ސުބުޙާނަﷲ ވަލްޙަމްދު ލިﷲ * 2











0 comments:
Post a Comment