Thursday, September 6, 2012

ދުޅަހެޔޮ ސިކުނޑިއަކަށް ބޭނުންވާނޭ 5 ކަންތައް

0 comments




މިއީ އިހަވަންދޫ ޑޮޓްކޮމްގައި، ލިޔެފައިވާ ލިޔުމެކެވެ. މިލިޔުން ލިޔެފައިވާ ފަރާތަކީ ޙަމީދުއެވެ.

ވަރަށް ގިނައިން ކަންތައްތައް ހަނދާން ނެތޭގޮތް މެދުވެރިވޭ ހެއްޔެވެ؟ އަދި ތިބާގެ ވިސްނުން ކުރިއަށްވުރެ ކޮށި ކަމަށް ފާހަގަ ކުރެވޭ ހެއްޔެވެ؟ ނުވަތަ ދުޅަހެޔޮ ސިކުނޑިއެއް ބޭނުންތޯއެވެ؟ އެހެންކަމުގައިވާ ނަމަ މި 5 ކަންތަކުގެ މައްޗަށް ސަމާލުވާށެވެ.

ފުރަތަމަ ކަމަކަށް، ކޮންމެ ދުވަހަކުވެސް ސިކުޑި ހުޅުވިގެންދާ ފަދަ ކަސްރަތުތަކެއް ސިކުޑިއަށް ދެވޭތޯ ބަލާށެވެ. މިފަދަ ކަސްރަތުތައް ދެވޭނީ ކަންތައް ތަކާއި މެދު ތަފާތު ނަޒަރުތަކުން ވިސްނައިގެން ނެވެ. ކޮންމެ ދުވަހަކުވެސް ވަގުތުކޮޅެއްގައި ސިކުނޑި ބިޒީ ކޮށް ބަހައްޓާށެވެ. ވިސްނުމުގެ ބޭނުންކޮށްގެން ކުރަންޖެހޭ މަސައްކަތްތަކެއް ކުރާށެވެ. އާއްމުގޮތެއްގައި އިންސާނާގެ އުމުރުން 30 އަހަރަށްވުރެ މައްޗަށް ދިއުމުން ސިކުނޑީގެ މަސައްކަތް މަޑުޖެހޭ ގޮތް މެދުވެރިވެއެވެ. ސިކުނޑި ހުޅުވާލުމަށްޓަކައި ކަންތައްތަކައި ވިސްނާ ވިސްނުން އިތުރުކޮށް ސިކުނޑި ބިޒީ ކޮށްލުމަށް މަސައްކަތް ކުރާށެވެ.
ދެވަނަ ކަމަކަށް ހަށިގަނޑަށް ކަސްރަތު ދޭށެވެ. ސަބަބަކީ ކަސްރަތުގެ ސަބަބުން ސިކުނޑިއަށް އޮކުސިޖަން ލިއްބާދޭ މިންވަރު އިތުރުކޮށްދެއެވެ. ނަތީޖާއެއްގެ ގޮތުން ސިކުނޑި ތާޒާވެ ދުޅަހެޔޮވެގެން ދެއެވެ. ސިކުނޑީގެ ސެލްތަކަށް ބޭނުންވާ ކާނާ ކަމުގައި ވާ އޮކުސިޖަން ލިއްބާދިނުމަށްޓަކައި ކޮންމެ ދުވަހަކުވެސް ހަށިގަނޑަށް ކަސްރަތު ދޭށެވެ.
ތިންވަނަ ކަމަކަށް ބޭކާރު ވިސްނުންތަކާއި ހާސްކަން ފިލުވާލާށެވެ. ހާސްކަމުގެ ސަބަބުން ވިސްނުމުގެ މަސައްކަތަށް ނޭދެވޭ އަސަރު ފޯރައެވެ. އަދި ސިކުނޑީގެ މަސައްކަތް ބަދަލުކޮށްލައެވެ.
ހަތަރުވަނަ ކަމަކަށް ފުރިހަމަ ނިދި ހަށިގަނޑަށް ލިއްބައި ދޭށެވެ. އެހެނީ ސިކުނޑިވެސް އަރާމު ކުރަން ބޭނުން ވެއެވެ. ސިކުނޑިއަށް މިލިބިދޭ އަރާމުގެ ސަބަބުން އުނދަނގޫ މަޢުލޫމާތުތައް ދެނެގަތުމުގެ ބާރު ސިކުނޑިއަށް ލިބިގެން ދެއެވެ. މީގެ ސަބަބުން ހައްލެއް ނުހޯދިފައިވާ އުނދަގޫ މައްސަލަތަކަކަށް ހައްލު ލިބުމަކީ އެކަށީގެންވާ ކަމެކެވެ.

ފަސް ވަނަ ކަމަކަށް ހަށިގަނޑަށް ފައިދާ ހުރި ކާނާ ބޭނުންކުރާށެވެ. ކެއުމުގެ ވަގުތުގައި ރަނގަޅު މިންވަރަށް ނިއުޓުރިއެންޓުސްގެ ހުރިހާ ބާވަތެއް ހަށިގަނޑަށް ބޭނުންވާ މިންވަރަށް ބޭނުންކުރުމަށް ސަމާލުކަން ދޭށެވެ. ބުލޫބެރީ، ކަނޑުމަސް، ނަޓުސް، އޮއް، ތަރުކާރީ އާއި ތެޔޮ އަދި ގުރީން ޓީ އެއީ ސިކުނޑިއަށް އެންމެ ރަނގަޅު ކާނާ އެވެ. (މަޢުލޫމާތު: ޝޮކިން ނިއުސް އިން)

0 comments:

Post a Comment