
2717 ފޫޓް (828 މީޓަރ) އުސް ބުރުޖު ޚަލީފާ އަކީ، މިވަގުތު ދުނިޔޭގައި ހުރި އެންމެ އުސް އިމާރާތެވެ. ޔުނައިޓެޑް އެރެބް އެމިރޭޓްގެ ދުބާއީގައި ހުންނަ މިއިމާރާތް މަޝްހޫރުވެފައިވަނީ ބުރުޖު ދުބާއީގެނަމުންނެވެ. 2010 ވަނަ އަހަރު ޖެނުއަރީ 4 ވަނަ ދުވަހު ރަސްމީކޮށް ހުޅުވި މިއިމާރާތަކީ، މިހާރު ދުނިޔޭގައި ހުރި އަދި، ދުނިޔޭގެ ތާރީޚްގައިވެސް ބިނާކުރެވުނު އެންމެ އުސް އިމާރާތެވެ.
މިއިމާރާތުގެ މަސައްކަތް ފެށިފައިވަނީ 2004 ވަނަ އަހަރު ސެޕްޓެމްބަރ މަހުގެ 21 ވަނަ ދުވަހުއެވެ. އަދި އިމާރާތުގެ މަސައްކަތް ނިންމާފައިވަނީ 2009 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 1 ވަނަ ދުވަހުއެވެ. ނަމަވެސް، ރަސްމީކޮށް މިއިމާރާތް ހުޅުވާފައިވަނީ 2010 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 4 ވަނަ ދުވަހުއެވެ.
މިއިމާރާތަކީ، ދުބާއީގެ ވިޔަފާރީގެ މައި މަރުކަޒެއް ކަމުގައިވާ "ޑައުންޓައުން ދުބާއީ"ގެ ބައެކެވެ.އެހެންގޮތަކަށް ދަންނަވަނީނަމަ މިއިމާރާތް ބިނާކޮށްފައިވަނީ 'ޑައުންޓައުން ބުރުޖު ޚަލީފާ'ގެ ފޫޓް ތެރޭގައެވެ. މިއީ، 2 އަކަ ކިލޯމީޓަރުގެ ބޮޑު ސަރަޙެއްދެއް ހިމެނޭ ބިމެކެވެ. މިއިމާރާތް ބިނާކުރުމުގެ މަސައްކަތް ކޮށްފައިވަނީ، ސްކިޑްމޯރ، އޯވިންގް އަދި ޗިކާގޯގެ މެއްރިލް ކުންފުނި ގުޅިގެންނެވެ.
މިއިމާރާތް ފަރުމާކުރި ޗީފް އާރކިޓެކްޗަރަކީ، އެޑްރިއަން ސްމިތެވެ. އަދި ޗީފް ސްޓްރަކްޗާރ އިންޖިނިއަރަކީ، ބިލް ބޭކާރ އެވެ. މި އިމާރާތުގެ ޕުރައިމަރީ ކޮންސްޓްރަކްޓާރ އަކީ،މަޝްހޫރު އިމާރާތް 'ޓައިޕޭ 101' އަދި 'ޕެޓްރޯރނޯރސް ޓަވާރ' ބިނާކުރި ކުންފުނިކަމުގައިވާ، ސައުތު ކޮރެއާރގެ ސަމްސަންގް ކުންފުންޏެވެ. އަދި މިބޮޑު މަޝްރޫއުގެ ސަބް ކޮންޓްރަކްޓަރުންނަކީ، 'ބެލްޖިންގ ގުރޫޕު ބެސިކް' އަދި ޔުނައިޓެޑް އެރެބް އެމިރޭޓްގެ 'އަރަބްޓެކް' ކުންފުންޏެވެ. އިމާރާތްކުރުމުގެ ކޮންސްޓްރަކްޝަން މެނޭޖާރ ކުންފުންޏަކީ، 'ޓާރނާރ ކޮންސްޓްރަކްޝަން' ކުންފުންޏެވެ. އަދި މިއިމާރާތް ފަރުމާކުރުން ރަސްމީކޮށް ހަވާލުވެފައިވާ ކުންފުންޏަކީ، 'ހައިޑާރ ކޮންސަލްޓިންގ' އެވެ. ގާތްގަނޑަކަށް މުޅިޖުމްލަ 1.5 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި މިއިމާރާތް ބިނާކުރުމާއެކު މުޅި ޑައުންޓައުންގެ އަގުވަނީ، 20 ބިލިއަން އެމެރިކާ ޑޮލަރަށ އަރާފައެވެ.މިއިމާރާތް ޤާއިމްކޮށްފައިވާ ރިކޯރޑްތައް
މިއިމާރާތް ހުޅުވުމާއިއެކު، ދެނިޔޭގެ އެއްމެ އުސް އިމާރާތުގެ ގޮތުގައި މިއިމާރާތްވަނީ، މަޝްހޫރުވެގެން ގޮހެވެ. ނަމަވެސް، ދުނިޔޭގެ ރެކޯރޑްފޮތުން މިއިމާރާތް ޖާގަ ހޯދާފައިވަނީ، ހަމައެކަނި ދުނިޔޭގެ އެއްމެ އުސް އިމާރާތުގެ ގޮތުގައި އެކަންޏެއް ނޫނެވެ. އޭގެ އިތުރުން ގިނަ ރެކޯރޑްތަކެއް މިއިމާރާތް ވަނީ ޤާއިމް ކޮށްފައެވެ. އެގޮތުން:
1- 2717 ފޫޓާއިއެކު ދުނިޔޭގެ އެއްމެއުސް އިމާރާތުގެ ރެކޯރޑް.
2- 2717 ފޫޓާއިއެކު ދުނިޔޭގެ އެއްމެ އުސް ބިނާ.
3- މީހުން ދިރިއުޅޭ ސަރަޙައްދެއްގައި ބިނާކޮށްފައިވާ އެންމެ އުސް އިމާރާތް.
4- 160 ބުރީގެ މިއިމާރާތަކީ، އެއްމެގިނަ ފަންގިފިލާ ހިމެނޭ އިމާރާތް.
5- އެންމެ އުހަށް އިލެވޭޓާރ (ލިފްޓު) ބޭނުންކޮށްގެން އެރޭ އިމާރާތް.
6- ގަޑިއަކު 64 ކިލޯމީޓަރ (ސިކުންތަކު 59 ފޫޓް) ބާރުމިނުގައި ދަތުރުކުރާ އިލެވޭޓާރ (ލިފްޓު) އާއިއެކު އެންމެ ބާރަށް ދަތުރުކުރާ އިލެވޭޓާރ ޤާއިމްކޮށްފައިވާ އިމާރާތުގެ ރެކޯރޑް.
7- އެއްމެ އުހަށް ކޮންކުރީޓް ޕަންޕްކޮށްގެން ހަދާފައިވާ އިމާރާތް.
8- 124 ވަނަ ބުރީގައި ހިމެނޭ އައުޓްޑޯރ އޮބްޒާރވޭޝަން ޑެކާއިއެކު، އެއްމެ އުހުގައި ހިމެނޭ އައުޓްޑޯރ އޮބްޒާރވޭޝަން ޑެކް (ވަށާގެންވާ މާޙައުލު ބަލައިލުމަށް ބޭނުންކުރެވޭ ޑެކް) ހިމެނޭ އިމާރާތް.
9- 158 ވަނަ ބުރީގައި ޤާއިމްކޮށްފައިވާ މިސްކިތާއިއެކު، ދުނިޔޭގެ އެންމެ އުހުގައި ޤާއިމްކޮށްފައިވާ މިސްކިތް ހިމެނޭ އިމާރާތް.
10- 76 ވަނަ ބުރީގައި ހިމެނޭ ސުއިމިންގ ޕޫލާއިއެކު ދުނިޔޭގެ އެންމެ އުހުގައި ޤާއިމްކޮށްފައިވާ ސުއިމިންގ ޕޫލް ހިމެނޭ އިމާރާތް.
ބުރުޖު ޚަލީފާ ބިނާކުރުމުގައި ގާތްގަނޑަކަށް 4000 ޓަނުގެ އެސް އެސް އެކަތަ ބޭނުން ކޮށްފައި ވެއެވެ. އަދި އިމާރާތުގެ މެދުގައި އަޅާފައިވާ މައި ތަނބުގެ ބުރަދަނުގައި ގާތްގަނޑަކަށް 350 ޓަނު ހުރެއެވެ. މިއިމާރާތު އުސްމިނުގެ ސަބަބުން ހަމަބިމަށްވުރެ އިމާރާތުގެ މަތީގެ ފިނިހޫނުމިން 6 ޑިގުރީ ސެލްސިއަސް ދަށްވާނެއެވެ.










0 comments:
Post a Comment