Tuesday, July 6, 2010

އިންތިޒާރުކުރަމޭ ލޯބިވާތީ....އެޕިސޯޑް 1

1 comments
އޭރު ގަޑިން މެންދުރުން އަނބުރާ 3 ޖަހަން ގާތްވަނީއެވެ. ރީނާ އިނީ އޭނާގެ އޮފީހުގެ ސެކުޝަންގެ ބޮޑު މީހާއާއި އެކީ އޮފީހުގެ އޯޕަން އެއާރ ކެންޓީނުގައެވެ. ދެމީހުން މަޝްވަރާ ކުރަމުން ގެންދަނީ ހުށައެޅިފައިވާ ޕުރޮޕޯސަލް ތަކާއި ދޭތެރޭގައެވެ.


ޒިޔާން ؛ " ކޮން ބައެއްގެ ހުށައެޅުމެއްތަ ތިތަނުން ރަނގަޅީ ؟ "

ރީނާ ؛ " އަދި ތިކަމާއި ދޭތެރޭގައި އެއްޗެއްބުން އަވަސް. އެއީ، އަދި ހުރިހާ ޕުރޮޕޯސަލް ތަކަށް ގޯތުރޫ ނުވެވިގެން މިއުޅެނީ. އެކަމަކު އަހަރެންނަށް ކުރިން އަޅުގަނޑުމެންގެ ރިސޯޓު ތަރައްޤީ ކުރަން ހުށައެޅި ފަރާތުގެ ނިންމުން ފުރިހަމަ ކަމުގައި ފެނޭ. ކުރިންފަހަރުވެސް ނިންމަން އެއްބަސް ވެފައިވާ މުއްދަތުގެ އެއްމަސް ކުރިން ނިންމާ ހަވާލުކުރި. އަޅުގަނޑު އުންމީދު ކުރަނީ މިފަހަރުވެސް........"

ޒިޔާން ؛ " އެކަމަކު އަދި އަހަންނަށްވެސް ފެންނަނީ ރަނގަޅަށް ތިހުށައެޅުންތަކަށް ވިސްނާލަން...."

ރީނާ؛ " އާން އަހަރެން ......."

ރީނާ މިހިސާބައް ބުނެ ނުނިމި އުޅެނިކޮށް މޭޒުމަތީގައި ވަރަށް ބާރަށް މީހަކުޖެހިއެވެ.
ޒިޔާނާއި ރީނާއަށްވެސް ސިއްސާސެންގެން ގޮސް އެދިމާއަށް ބަލައިލެވުނެވެ. ރީނާ އަށް ކޮޅަށް ތެދުވެވުނެވެ. ކުރިމަތީގައި ހުރީ ރީނާގެ ފިރިމީހާ ޝާހިދުއެވެ.

ޝާހިދު؛ " ތީދޯތިގަންނަ ގަނޑަކީ؟ އޮފީސް ގަޑި ނިންމާއިފަ ދެމީހުން ކޮފީގަ... ރީނާ މީ ކަލޭގެ ފިރިމީހާއޭ! ކަލޭގެ ގޭގަ ފިރިއަކު ހުރިކަން ހަނދާންވެސް ނެތީދޯ؟ "

ރީނާ؛ " އަހަރެން... އަހަރެން..."

ޝާހިދު؛ " ކޮން އަހަރެންނެއް އަނގައިގަ ކަސްތޮޅެއް އަޅައިގެންތަ ތިއުޅެނީ"

ރީނާ: " އަހަރެން....." (ރީނާ ހުރީ ބިރުންނެވެ.)

ޒިޔާން؛ " ރީނާ މަޑުކުރީ އަހަރެން އެދުމުގެ މަތިން..."

ޝާހިދު؛ " އޯހ.. ރީނާ ހަމަމިހާރު ގެއަށް.. "

ރީނާ ދިޔުމުން ޝާހިދު ޒިޔާނާއި ވާހަކަ ދެއްކިއެވެ. ޝާހިދުގެ އަޑުގައިވަނީ ނަފުރަތެވެ. ހަރުކަށިކަމެވެ.

ޝާހިދު؛ " އަހަރެންނަށް އެނގެއޭ ތިޔަބޭފުޅާގެ ކަމެއްކަން. އަހަރެންނަށް އެނގެއޭ ކަލޭ އުޅެނީ އަހަރެންގެ އަންހެނުން ރީނާގެ ފަހަތު އަޅައިގެންކަންވެސް . ކުރިމަތިން ކަނޑުމަތި އެޅިނަމަ އަހަރެންގެ އަންހެނުންނަށް ސަލާމަތްވެސް ނުވެވުނީސް.....ކަލޭ ވިސްނައިގެން އުޅެއްޗެ "

ޒިޔާން؛ " ކީއްކުރެވޭނީ.... " ޝާހިދު މިހެންބުނީ ކުޑަކޮށް ހިނިއައިސް ހުރެގެންނެވެ.

ޝާހިދު؛ " މުއްސަންޖަކަށްވިޔަސް އަހަރެންގެ މުށަކުން ސަލާމަތެއްނުވެވޭނެ."

ޒިޔާން؛ " އަހަރެންގެ މުއްސަނދިކަމަކުން މީހަކު ނުވަތަ ބަޔަކު ގަނެފަކާ ނުވާނެ.އެކަންކުރާ މީހަކީތީ! ރީނާގެ މައިންބަފައިންނަށް ފައިސާގެ ދަޅަދައްކައިގެން...!"

ޝާހިދު؛ " އޭތް! މާމައްޗަށް ކަލޭގެކަންތައް ތިދަނީ. އެއިކީ ކަލެއާ ބެހޭކަމެއްނޫން.." ޝާހިދު މިހެންބުނެ ހިނގައިގަންނަމުން ކޮޅުފައިން ޖަހާ އެތާހުރި ގޮނޑި ވައްޓާލިއެވެ.

..........................................................................................................

ނަސީމާ ބާޒާރުން އައިސް ގެއަށްވަނެވެ. އަތުގައި ދެކޮތަޅު އޮތެވެ. އޭރު ހަސަނު އިނީ، ގޮނޑީގައި އިށީއިނދެލާގެން، ހަވީރު ނޫސް ކިޔާށެވެ.

ހަސަނު: "ތި ކޮންހާ ސާމާނެއްތަ؟ "

ނަސީމާ: " މި ހަމަ ބަދިގޭ ސާމާނު. ހަސަނަކަށް ނީނގޭވިޔަ އޮފީހުން އަންނަ އިރު މިވެސް ގަނެލާކަށް." އެހާހިސާބުން ރަމީޒު ގެއަށް އައިސް ވަނެވެ.

ނަސީމާ : " އާދޭ ދަރިފުޅާ ސައިބޯން. "

ރަމީޒު : " އަހަރެން މިއައީ ރައްޓެހި ކުދިންތަކަކާއި އެކު ސައިބޮއިގެން. "

ހަސަން ؛ " މިހާރު އަބަދު ބޭރުންތަ ސައިބޮނީ "

ނަސީމާ: " މުޅިއަކުން އެހެންނެއްނޫން. ދަރިފުޅާ ރަމީޒު. ދައްތަމެންގެ ގެއަށް ގޮސްލަބަލަ. ގޮސްބުނޭ މަންމަ ބުންޏޭ މިރޭ ޝާހިދު ގޮވައިގެން ބަތްކާން އަންނާށޭ!"

ރަމީޒު : " ފޯނު ކޮށްލަން ވިޔެއްނު"

ނަސީމާ ؛ " އަހަރެން ގުޅަގުޅާފަ ބާޒާރަށް ދިޔައީވެސް. ދައްތަ ފޯނެއްނުނަގަ. ދަރިފުޅުވެސް ވަރަށް ގިނަދުވަސްވެއްޖެއްނު އެގެއަށް ނުދާތާ. ދެންދޭބަލަ.."

ރަމީޒު ؛ " އާން! މިދަނީ!"

1 comments:

Post a Comment