ނޭނގޭ ކަމުން ބިރު ހިތައް ވައްދަވާންދޭ
ދާއިމް ނުވާނޭ މިފާލަންމަތީގައި
ފާފައިން މުސާފިރު ދުރަށް ޖައްސަވާންދޭ
ޔާޒަލްޖަލާލީ ......
ވަރަށް ވަގުތު ނުލިބޭމެ މަރު ހަނދުމަ ކޮށްލަން
ޙަރަމްބަނދެ ސަޖިދަކޮށް ދެ އަތްތިލަ މި އުފުލަން
ވަރަށް ބޭނުމޭ ދުނިޔެ ތާއަބަދު ހުރެލަން
ޣާފިލް ނިދީގައި މިހެން ނޭނގި ތިއްބާ
ދާތީވެ އާޚިރު މި ނިދި ފިއްލަވާންދޭ
ޔާޒަލްޖަލާލީ ......
ޒުވާން ހިތުގެ އުންމީދު ތާޒާ ވަމުންދޭ
ޖުވާފަދަ މަޖާތައް މި ބޭނުންވަމުންދޭ
ޙަވާ ނަފުސު ތަރުޙީބު މިކަމަށް ދެމުންދޭ
ފާސިދު މި ހުރިހާ އެދުންތައް ފިރާލާ
ދާންވީ ސަރާސަރު މަގެއް ދައްކަވާންދޭ
ޔާޒަލްޖަލާލީ ......
ބޮޑެއް ދޮށި ހަގެއް ނެތް މި ދައުވަތު ލިބޭކަށް
މަޑެއް ނުޖެހެވޭ އިތުރު މުޙުލަތު އެދޭކަށް
އަޑެއް ނުކުޅެދޭ އުޒުރު ދައްކާ ހަދާކަށް
ވީމާ ދުރާލާ ގިނައިން ހެޔޮ ޢަމަލުތައް
ކޮށްލާށެ ތޯހިރު ހިތެއް ދެއްވަވާންދޭ
ޔާޒަލްޖަލާލީ .....
ލޮލުން ކަރުނަ އޮހެނީ މި ތައުބާ އަދައިގެން
ލޮލަށް ފެންނަ ދުނިޔޭގެ ޢިބުރަތް ތަކާގެން
އިލާހިއްޔަ ރަޙުމަތުގެ ތަނަވަސްކަމާގެން
މާޔޫސްވެ ދިއުމެއް ތިބާ ޙަޟުރަތަކުނެތް
ތަޢުބާވެ ރޯއިރު އަފޫ ދެއްވަވާންދޭ
ޔާޒަލްޖަލާލީ.....











0 comments:
Post a Comment